ޖަނަވާރުންނަށް ބޮޑު ރައްކާތެރިކަމެއް ދޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 9:14
ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހިކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖަނަވާރު ރައްކާތެރިކުރުމާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އެ ބިލު ތަސްދީކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ މިދިޔަ މަހު 19 ގައި މަޖިލީހުން ފާސްކުރި 11 ބާބުގެ މައްޗަށް އެކުލެވިގެންވާ އެ ބިލުގައި، ރާއްޖޭގައި ރައްކާތެރިކަމާ އެކު ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކާ މުހިންމު ކަންކަން ހިމަނާފައިވާ ކަމަށެވެ.
ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ރާއްޖެއިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތައް ވެސް އޭގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.