ފެނުނީ ދަށް ކުޅުމެއް، ބަލިވާން ހައްގު: މަރެސްކާ
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:41
ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި، 3-1 އިން ޗެލްސީ އަތުން ލީޑްސް ޔުނައިޓެޑް ހޯދީ ހައްގު މޮޅެއް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
"ވަރަށް ދަށް ރެޔެއް. އެ މީހުން [ލީޑްސް] މޮޅުވާން ހައްގު، ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު،" މެޗަށް ފަހު މަރެސްކާ ބުންޏެވެ.
"މި މެޗުން އަހަރެމެންނަށް އެކައްޗެއް ވެސް ނެތް ލިބޭކަށް. ހަމައެކަނި އޮތް ގޮތަކީ ހެދުނު ގޯސްތައް ފާހަގަކޮށް އެކަން ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރުން. އެއީ 48 ގަޑިއިރުތެރޭ އެބައޮތް އެހެން މެޗެއް."