ބޭރު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާންމުންގެ ހިޔާލު ހޯދަނީ

މިހާރު

4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:47

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދުގަ އެވެ. އެތަނުގެ މަގު ފުޅާކޮށް، އެ މަގުގައި ތާރު އަޅާނެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަން ޔަގީންކުރުމުގެ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ.

މައުޟޫޢުތަށް