ބީއެމްއެލް އާއި އަވަސްއެޕް ގުޅިގެން ޕްރޮމޯޝަނެއް ފަށައިފި
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:37
އޮންލައިކޮށް ޓެކްސީތަކަށް އޯޑަރުކޮށް ފައިސާ ވެސް ދެއްކޭ އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކުން ކާބޯތަކެއްޗަށް އޯޑަރުކުރެވޭ އަވަަސްއެޕާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ޑިސްކައުންޓާއި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ އަވަސް އެޕަށް އެ ޕްރޮމޯޝަންގައި ބީއެމްއެމް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ނުވަތަ ޕްރިޕެއިޑް ކާޑު އެޑްކުރުމުން އެއަށް ފަހު ކުރާ ފުރަތަމަ ދަތުރަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. ބީއެމްއެލް ކާޑު އަވަސްއެޕަށް އެޑްކޮށްގެން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކަސްޓަމަރަކާއި ދެ ޑްރައިވަރުންނަށް 250ރ. ގެ ގިފްޓް ކާޑެއް ވެސް އެ ޕްރޮމޯޝަންގައި ލިބޭނެ އެވެ. އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 11 އާ ހަމަައަށެވެ.
އަވަސް އެންޓަޕްރައިޒަސް އިން ޓެކްސީ ހިދުމަތް "އަވަސްރައިޑް"ގެ އެޕްލިކޭޝަން އަޕްގްރޭޑްކޮށް "އަވަސް އެޕް"ގެ ނަމުގައި ލޯންޗްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.