އިންޓާ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

މިހާރު

4 ޑިސެމްބަރު 2025 | ބުރާސްފަތި | 12:17

މިހާރު ކުރިއަށް ދާ އިންޓާ އޮފީސް/ކޮމްޕެނީ ނެޓްބޯލް މުބާރާތް 2025ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ ގިނަ އޮފީސްތަކަކާއި ކުންފުނިތަކަކުން ބައިވެރިވާ މި މުބާރާތް ފެށީ މިދިޔަ ހޯމަ ދުވަހެވެ. ނެޓްބޯލް ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ މި މުބާރާތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މި އަހަރު އަންހެން ޑިވިޝަނުން 21 ޓީމު އަދި ފިރިހެން ޑިވިޝަނުން ހަތަރު ޓީމު ބައިވެރިވެ އެވެ.

މައުޟޫޢުތަށް