އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ މި މަހު ޗެޓުކޮށްލެވޭނެ
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:15
ރާއްޖޭގެ ފްލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އުރީދޫން މި އަހަރަށް ހެދި ކަލަންޑަރުގައި މި މަހަށް ހާއްސަކޮށްފައިވާ އެންމެ ފަހު ކެރެކްޓާ ކުއްޅަވަށްފަލު ރަނިންނާ މިހާރު ޗެޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރަކީ އޭގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން، އޭއައިގެ އެހީގައި ކެރެކްޓާތަކާ ޗެޓު ކުރެވޭ ފީޗާއާ އެކު ތައާރަފްކުރި ކަލަންޑަރެކެވެ. އެ ކަލަންޑަރު ފަރުމާކޮށްފައި ވަނީ ކޮންމެ މަހަކު ވެސް ޗެޓް ކުރެވޭނެ އާ ކެރެކްޓާއެއް އަންލޮކް ވާ ގޮތަށެވެ. ކޮންމެ މަހަކު ވެސް ޗެޓަށް ތައާރަފްކޮށްފައިވާ ކެރެކްޓާއަކީ އެ މަހަކަށް ހާއްސަކޮށް އިލަސްޓްރޭޓުކޮށްފައިވާ ކެރެކްޓާ އެވެ.
މި ކަލަންޑަރުގައި ހިމެނޭ ކެރެކްޓާތަކާ ޗެޓްކުރުމުގެ ފީޗާ ޑިވެލޮޕް ކުރުމުގައި އެ ކެރެކްޓާއެއްގައި ހިމެނޭ ސިފަތައް ވާހަކަ ދައްކާއިރު އެނގެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.