ޑްރަގުގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި، ހަތަރު އެކައުންޓުގައި 19 މިލިއަން ރުފިޔާ ދައުރު ކުރި
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:21
އެ ނެޓްވޯކުން ދިޔައީ 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި.
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.