ރެއާލް އަށް ބޮލުގެރިހުމެއް؛ ޓްރެންޓް އެންމެ މޮޅަށް ކުޅުނު މެޗުގައި އަނިޔާވެއްޖެ!
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:02
ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެންމެ ރަނގަޅަށް ކުޅުނު މެޗުގައި އޭނާ އަށް އަނިޔާވެއްޖެ އެވެ.
ލިވަޕޫލް ދޫކޮށް ހިލޭ ޓްރާންސްފާގައި ރެއާލް އަށް މި ސީޒަނުގައި ބަދަލުވި ޓްރެންޓް، އެ ކްލަބްގައި މިހާތަނަށް އެންމެ މޮޅަށް ކުޅުނު މެޗަކީ ރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ރޭ ކުޅުނު މެޗެވެ.
މިދިޔަ މަހު އަނިޔާއިން ރަނގަޅުވެ، ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ރެއާލްގެ ފުރަތަމަ ލަނޑު ޖަހަން ކިލިއަން އެމްބާޕޭ އަށް ކޮރޮސް ފީލްޑް ޕާހެއް ތަނަވަސްކޮށް ދިނީ އޭނާ އެވެ.