މަޝްހޫރު އެންޑޯޑޮންޓިކްސް ޕްރޮފެސަރު ގަމްބަރީނީ އައިޖީއެމްއެޗުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 2:25
ދަތުގެ ރޫޓްކެނަލްގެ ހާއްސަ ފަރުވާ އެންޑޯޑޮންޓިކްސްގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރުކަން ހޯއްދަވާފައިވާ ޕްރޮފެސަރު ޖިއަންލޫކާ ގަމްބަރީނީގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް އައިޖީއެމްއެޗުގައި މިއަދު ފައްޓަވައިފި އެވެ.
އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދަތުގެ ހާއްސަ ޑޮކްޓަރުން ތާޒާކުރަން ބާއްވާ އެ ތަމްރީން ޕްރޮގްރާމަކީ ޑިޕާޓްމަންޓް އޮފް ޑެންޓިސްޓްރީ އެެންޑް އޮރޮ ފޭޝަލް ސާޖަރީ އާއި ބަޔޯމެކްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ބަޔޯމެކްސް އަކީ ހެންރީ ޝައިން އާއި އެޖްއެންޑޯ، ރާއްޖޭގައި ތަމްސީލުކުރާ އަދި ރާއްޖެ އަށް ފުޅާދާއިރާއެއްގައި ދަތުގެ ސާމާނާއި ކޮންސިއުމަބަލްސް އެތެރެކުރާ ކުންފުންޏެކެވެ.