ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރައުންޑްވެއްޖެ
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 1:56
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ބައުޒަރަކުން ޖެހި ފްލައިދުބާއީގެ ބޯޓެއް ގްރަންޑުވެއްޖެ އެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ތެޔޮ އަޅަން މަތިންދާބޯޓު އޭޕްރަންގައި ޕާކުކޮށްފައި އޮއްވާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ބޯޓުގެ ފިޔަތަކުގެ ސްޓްރަކްޗާއަށް ގެއްލުންވި ކަމަށް ބުންޏެވެ.
އެ ހާދިސާގައި ތެޔޮ ލީކުވުން ފަދަ ކަމެއް ނުހިނގަ އެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.