ސައިކަލް ވަގަށް ނަގައިފި ނަމަ އަހަރީ ފީ ނުނަގަން އެދިއްޖެ
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:02
ސައިކަލެއް ވަގަށް ނަގައިފި ނަމަ އެ ސައިކަލް ހޯދެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ސައިކަލްތައް ވަގަށް ނެގުން ގިނަވެފައިވާ ކަމަށާއި އެހާލަތުގައި ސައިކަލްތަކުގެ ވެރިންނަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި ފުރަތަމަ ކަމަކީ ސައިކަލެއް ވަގަށް ގެންދިއުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ނަމަ ސައިކަލް ފެންނަންދެން އަހަރީ ފީ މާފުކޮށްދިނުމެވެ. ދެވަނަ ކަމަކީ ގެއްލޭ ސައިކަލް ފެނިއްޖެ ނަމަ އެ ސައިކަލް ގެއްލުނު އިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމެވެ. އެކަމަކު އެގޮތަށް އަމަލުކޮށްދޭނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓަށް ހުށަހެޅުމުން ކަމަށް ވިދާޅުވެފައިވެ އެވެ.