ތޫފާނު އެރި ގައުމުތަކަށް އެމް-ފައިސާ މެދުވެރިކޮށް އިތުރު ޗާޖަކާނުލައި ފައިސާ ފޮނުވޭނެ
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 3:28
އޭޝިއާ ސަރަހައްދަށް އައި ތޫފާނުގެ ސަބަބުން ގެއްލުންވި ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެ ކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ބުނެފި އެވެ.
އުރީދޫން ބުނީ މި މަސް ނިމެންދެން އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގައި ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް ލަންކާ، އިންޑޮނީޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
އުރީދޫން ބުނީ މި މަހުގެ މުއްދަތަށް އިތުރު ޗާޖަކާ ނުލައި ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާ އެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.