ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 12:49
މާލޭގެ މާފަންނު އަވަށުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ތިން ގަޑިއެއްހާއިރު ވަންދެން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި މައްސަލަތައް ހުށަހަޅާފައިވާއިރު އެ އިން ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި އާންމުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ އިން ކޮންމެ ޝަކުވާއެއް ލިޔުމަކަށް ބަދަލުކޮށް، ރައީސް އޮފީހުން ބަލާނެ ކަމަށެވެ.
"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.