އާ އުސޫލުގައި ގްރޭޑް 9 އިން މަތީގެ ކުދިންނަށް ތުނބުޅި ބެހެއްޓޭ
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 10:44
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލު ހަދައިފި އެވެ.
ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ހުއްދަ ނެތް ނަމަވެސް ހަޔާ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުންނަށް ތުނބުޅި ބަހައްޓަން ފުރުސަތުދެ އެވެ.
އާ އުސޫލުގައި ބުނާ ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ދަރިވަރުން ތިބެން ޖެހޭނެ ގޮތް މިހާރު ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.