ވެހިކަލް ޓޯކުރަން ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 2:16
ވެހިކަލްތައް ޓޯކުރުމަށް ހާއްސަ އުޅަނދެއް ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
އާއްމު ތަންތަނުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފުލުހުން މީގެ ކުރިން ބޭނުންކުރީ ފޯކްލިފްޓެވެ. އެހެންވެ، ބައެއް ފަހަރު އުޅަނދުތައް ނަގާއިރު ގެއްލުން ވެސް ވެ އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓުގައި ބުނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން ހާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފެށުމުން، ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.