ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުތަކުގައި!

މިހާރު

5 ޑިސެމްބަރު 2025 | ހުކުރު | 5:58

އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އަލީ ނަދީމް ނުވަތަ އޭނާގެ ވަނަމުން ނަމަ ނަދަމާ އެވެ. ހާއްސަކޮށް ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ" ގެ ކުރީ ސަފުން ފެންނަ އެއް މޫނަކީ ވެސް ނަދީމެވެ.

އެ ނަމުގައި ސްޕޯޓްސް ކްލަބުތައް ރަޖިސްޓަރީ ކޮށްގެން ހިންގަ އެވެ. އަދި ރަށުގައި އެކި ފެންވަރުގެ މުބާރާތްތައް ވެސް މައިލޯ އިން ހިންގަ އެވެ. އައްޑޫގައި ބާއްވާ ރަސްމީ އެކި ކަހަލަ މުބާރާތްތަކުގައި އެންމެ ކުރީގައި އުޅެނީ ވެސް ހަމަ އެ ކްލަބެވެ.

ފުލުހުން ބުނިގޮތުގައި، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް