ހުޅުމާލޭގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 3:50
ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު 5-6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ އެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.