ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ހަވާލުކޮށްފި
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 6:43
ސްރީލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް އެ ގައުމާ މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖެއިން ހަދިޔާކުރަން ނިންމި 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ބޯޓު ގަލޭނާ ލަންކާއަށް ގޮސްފައިވާއިރު، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ މަސްދަޅު ކޭސްތައް ވަނީ އެ ގައުމާ ހަވާލުކޮށްފަ އެވެ.
ރާއްޖޭން ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.