އިހުސާން، ޔާމީނަށް: މަސައްކަތް ކުރެއްވި ނަމަ ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރެވޭނެ

މިހާރު

5 ޑިސެމްބަރު 2025 | ހުކުރު | 7:19

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި އެ ކަމަކު މި ފަސް އަހަރު ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ތަނަކަށް އެ މުއައްސަސާ ހައްދަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން ޖެހޭއިރު މިނިސްޓަރު އިހުސާނަށް އެކަން ނުކުރެއްވޭ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.

ޔާމީނަށް ސޯޝަލް މީޑިއާގައި ދެއްވި ރައްދުގައި އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަން އިންނެވުމުގެ ބަދަލުގައި ލިބިވަޑައިގެންނެވި ފަސް އަހަރު ދުވަހު ރައީސް އޮފީހުގައި އިންނަވައިގެން ފުލުހުންގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް