ލަންކާގައި މަރުވި އަދަދު 607 އަށް، ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތަކެއް

މިހާރު

5 ޑިސެމްބަރު 2025 | ހުކުރު | 8:27

މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް އެރި ތޫފާާނުގައި ކުރި ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 607 އަށް އަރާފައި ވާއިރު އެންމެ ބޮޑަށް ގެއްލުންވި ހިސާބުތަކަށް އަނެއްކާވެސް ވާރޭ ވެހެމުން ދާތީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފާނެ ކަމުގެ އިންޒާރު ދީފި އެވެ.

އުސް ސަރަހައްދުތަކުގެ ބިންގަނޑަށް އަންނަ ބަދަލުތައް ދިރާސާކުރާ ނެޝަނަލް ބިލްޑިންގް ރީސާޗް އޯގަނައިޒޭޝަން (އެންބީއާރްއޯ) އިން ބުނީ ލަންކާގެ މެދުތެރޭގައި އޮންނަ އުސް ސަރަހައްދުތަކަށް އަނެއްކާވެސް ނުރައްކާވެފައިވާ ކަމަށެވެ.

"މިދިޔަ 24 ގަޑިއިރު ވެހުނު ވާރޭ 150 މިލިމީޓަރަށް ވުރެ އިތުރުވެފައި ވާތީ، ކުރިއަށް އޮތް ތަނުގައި ވެސް ވާރޭ ވެހެންމުންދާ ނަމަ ބިންގަނޑު ކަނޑައިގެންދާނެ ކަމަށް ބަލައި އެ ސަރަހައްދުތަކުން މީހުން ބަދަލުކުރަންޖެހޭ،" އެންބީއާރްއޯ އިން ބުންޏެވެ.

މައުޟޫޢުތަށް