އިންޑިގޯގެ 1،000 ފްލައިޓް ކެންސަލް، ހައްލެއް ލިބޭނީ މި މަހު 15 ހިސާބުގައި

މިހާރު

5 ޑިސެމްބަރު 2025 | ހުކުރު | 8:41

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ ތިން ބަައިކުޅަ ދެ ބައި ހިއްސާކުރާ، އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން މިއަދު އެކަނި 1،000 ފްލައިޓް ކެންސަކޮށްފައިވާ ކަމަށް އެ އެއާލައިންގެ ސީއީއޯ ޕިއޭޓާ އެލްބާސް ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން ފެށިގެން އިންޑިގޯގެ ފްލައިޓްތައް ކެންސަލްވެ އަދި ޑިލޭވުމުގެ މައްސަލަ ބޮޑުވެ އިންޑިއާގެ ތާރީހުގައި ވެސް ވައިގެ ދަތުރުފަތުރުގައި ދިމާވި އެންމެ ބޮޑު ހާސްކަން މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ފްލައިޓް ޑިއުޓީ ޓައިމް ލިމިޓޭޝަން (އެފްޑީޓީއެލް) ނުވަތަ ޕައިލެޓުންނަށް އެންމެ ގިނައިރު ޑިއުޓީ އަދާކުރެވޭނެ ވަގުތާއި އަރާމުކުރަން ޖެހޭ ވަގުތު ކަނޑައެޅުމުގެ އާ އުސޫލަށް އަމަލުކުރުމުގައި އިންޑިއޯ ވަނީ ފެއިލްވެފަ އެވެ. އެއީ އާ އުސޫލަށް އަަމަލުކުރަން ފެށި އިރު ވެސް، ދަތުރުތަކަށް ހުއްޓުމެއް ނާންނާނެ ގޮތަށް ޑިއުޓީތައް ހެދުމާއި އެ ޑިއުޓީތަކަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ހޯދާފައި ނެތުމުންނެވެ.

މައުޟޫޢުތަށް