ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ ލަންކާ ސަރުކާރާ ހަވާލުކޮށްފި

މިހާރު

5 ޑިސެމްބަރު 2025 | ހުކުރު | 9:32

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 834,843 ޑޮލަރު (12 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހި މީޑިއާތަކުގެ ބައިވެރިވުމާ އެކު 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

ޓެލެތޯންގައި ލިބުނު ފައިސާގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރު (770،000 ރުފިޔާ) ވެސް ކުރިން ލަންކާއަށް ހަދިޔާކޮށްފަ އެވެ. އަދި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައި، އެ ތަކެތި ވެސް މިއަދު ވަނީ ލަންކާއާ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް