"ވާނުވާ" މީހުން ފަސްމިނިޓުން ދޫކުރެވޭ ހައްލު ނުހޯދައި ޔާމީން އިންނެވީ ފަސްމިނިޓް ތާސްކުޅެން: ޝުޖާއު

މިހާރު

6 ޑިސެމްބަރު 2025 | ހޮނިހިރު | 8:07

މަޝްހޫރު "ވާނުވާ" ބަންދުގެ މައްސަލަ "ފަސް މިނިޓް" ގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާއިރު، އެ ކަން ހައްލު ކުރެވޭނެ ގޮތެއް ނުހޯއްދަވައި އެ ވެރިކަމުގެ ފަސް އަހަރު ޔާމީން އިންނެވީ "ފަސް މިނިޓް ތާސްކުޅުމުގައި" ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން [ވާނުވާ ބަންދު މީހުން] ގެ މައްސަލަތައް އަނެއްކާ ވެސް ސަމާލުކަމަށް އައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.

އެ ބައްދަލުވުމުގައި އާންމުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅަން ފުރުސަތު ހުޅުވައިލުމުން ވާހަކަ ދެއްކި މީހަކު ބުނީ، ޔާމީން ވިދާޅުވާ ގޮތަށް ވާނުވާ ބަންދުގެ މައްސަލަ ފަސް މިނިޓްގެ ތެރޭގައި ހައްލު ކުރުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ހޯމް މިނިސްޓަރު އިހުސާނަށް އެންގެވުމުން ފުލުހުންނާއި ޕީޖީ އޮފީސް މެދުވެރިކޮށް އެ ކަން ހައްލުވާނެ ކަމަށް އެ މީހާ ބުންޏެވެ.

މައުޟޫޢުތަށް