އައްޑޫ ޑްރަގު ނެޓްވޯކުގައި ހިމެނޭ 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ހައްޔަރުކޮށްފި
މިހާރު
6 ޑިސެމްބަރު 2025 | ހޮނިހިރު | 10:09
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުރާ ތަންތަނާއި މީހުން ހޯދުމަށް މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ބުނީ އެ 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒު ކޮށްގެން ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކޯޓަށް ހާޒިރުކުރި ކަމަށް ފުލުހުން ބުންޏެވެ.