އަންނަ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި
މިހާރު
6 ޑިސެމްބަރު 2025 | ހޮނިހިރު | 3:59
އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފަށާ ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި މިނިސްޓްރީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ކުދިންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ. އެހެންވެ، ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.