ވިއްސާރާގައި ލަންކާއިން ހަލާކުވި ގެތައް ހަދަން 10 މިލިއަން ރުޕީސް ދެނީ

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 6:11

ތޫފާނުގެ ވިއްސާރާގައި ސްރީ ލަންކާއިން ގެދޮރު ހަލާކުވި މީހުންނަށް، ރައްކާތެރި ހިސާބުތަކުން ބިން ގަނެ ގެދޮރު ބިނާކުރުމަށް 10 މިލިއަން ރުޕީސް (33،000 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބިންގަނޑު ކަނޑައިގެން ދިއުމާއި ފެން ބޮޑުވުމުގެ ނުރައްކާ އޮތް ހިސާބުތަކުން ހަލާކުވި ގެތައް އެހެން ތަންތަނުގައި އެޅުމަށް ކަނޑައެޅި 10 މިލިއަން ރުޕީސްގެ ޕެކޭޖްގެ އިތުރުން މަރުވި މީހުންނާއި ނުކުޅެދުންތެރިކަމާ ކުރިމަތިވި މީހުންނަށް ވެސް ފައިސާގެ އެހީ ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މަރުވި ކޮންމެ މީހަކަށް 1 މިލިއަން ރުޕީސްގެ މަގުން އާއިލާތަކަށް އެހީވާނެ އެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވި ކޮންމެ މީހަކަށް ވެސް މިލިއަން ރުޕީސް ދޭން ވަނީ ނިންމައިފަ އެވެ.

މައުޟޫޢުތަށް