ހަތަރު ތަނެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި

މިހާރު

6 ޑިސެމްބަރު 2025 | ހޮނިހިރު | 9:34

ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބަލައިފާސްކުރި ހަތަރު ތަނަކުން ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދެ ގެއަކާއި ދެ އުޅަނދެއް ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން، ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި ބަލާފާސްކުރި އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖު ފެނިފައިވެ އެވެ. އެއީ ޖުމްލަ 148 އާލާތެވެ.

މައުޟޫޢުތަށް