އިތުރު ދެ ގެއަކުން އަނެއްކާ ވެސް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 12:27
މާލޭގެ އިތުރު ދެ ގެއެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އިއްޔެ އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ދެ ގޭގެ ތެރެއިން، އެއް ތަނުން 190 ފްލޭވާޑް ކާޓްރިޖް، ނުވަ ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާ ކަމަށެވެ.
ދެ ވަނަ ގެ ފާސްކުރިއިރު 331 ފްލޭވާޑް ކާޓްރިޖް، ހަ ރިފިލް ކާޓްރިޖް އަދި ހަތް ޕޮޑާއެކު ޖުމްލަ 544 އައިޓަމް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.