އާސެނަލަށް މަޑުމަޑުން ލީގުގެ ކޮންޓްރޯލް ގެއްލެނީ

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 8:02

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްގެ ދެވަނަ ބައްޔާ އެކު، ލީގު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

އާސެނަލް ވަނީ ރަށުން ބޭރުގައި، އެ ޓީމަށް ކުރިން ކޯޗު ކޮށްދިން އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅޭ އެސްޓަން ވިލާ އަތުން 2-1 އިން ރޭ ބަލިވެފަ އެވެ.

ފުރަތަމަ ހާފުގައި އެސްޓަން ވިލާގެ މެޓީ ކޭޝް އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި އާސެނަލަށް އެއްވަރު ކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. އާސެނަލް ބަލިވީ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި އެމީ ބުއެންޑީއާ އެސްޓަން ވިލާ އަށް ޖަހައިދިން ގޯލުންނެވެ.

މައުޟޫޢުތަށް