އިންޑިއާގެ ގޯއާގެ ނައިޓްކްލަބެއްގައި ރޯވެ 23 މަރު

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 6:01

އިންޑިއާގެ ހުޅަނގުގައި އޮންނަ ގޯއާ ސްޓޭޓްގެ މަޝްހޫރު ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 23 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕްރަމޯދް ސާވަންތު މިއަދު ވިދާޅުވެއްޖެ އެވެ.

އޮފިޝަލުންނާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނީ އަރްޕޯރާ ޑިސްޓްރިކްޓުގައި ހުންނަ ނައިޓްކްލަބުގައި ރޯވީ ރޭ މެންދަމު ކަމަށާއި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނޭ ކަމަށެވެ.

މި ހާދިސާ ހިނގިކަން ހާމަކުރައްވައި ޗީފް މިނިސްޓާރު ސާވަންތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި އެކަމުގައި ޒިންމާވާންޖެހޭ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މައުޟޫޢުތަށް