އިންޓަނޭޝަނަލް މާކެޓުގައި ބަޔޯފިއުލް ވިއްކުމުގެ ލައިސަންސް ހޯކްސް އަށް

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 9:56

ސިންގަޕޫރުން ދޭ އިންޓަނޭޝަނަލް ސަސްޓެއިނަބިލިޓީ އެންޑް ކާބަން ސެޓިފިކޭޝަން (އައިއެސްސީސީ) ދަ ހޯކްސް ގްރޫޕްގެ ސިންގަޕޫރު އޮފީހަށް ދީފި އެވެ.

މެރިން ފިއުލް އާއި ކާގޯގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ހޯކްސް ގުރޫޕުން ބުނީ، އެ ސެޓްފިކެޓް ލިބުމަކީ ބޮޑު ކާމިޔާބީއެެއް ކަމަށާއި ތިމާވެށީގެ ގޮތުން އެއީ ޒިންމާދާރު ކުންފުންޏެއްކަން ފާހަގަކުރާ ކަމަށެވެ.

ދެމެހެއްޓެނިވި ބާވަތެއް ކަމަށްވާ ބަޔޯފިއުލް ދުނިޔޭގެ އެކި ގައުމުތަކަށް ސަޕްލައި ކުރުމުގެ ފުރުސަތު އެ ސެޓްވިކެޓާ އެކު ލިބިފައިވާ ކަމަށް ވެސް ހޯކްސް އިން ބުންޏެވެ.

މައުޟޫޢުތަށް