ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ މިދިޔަ ދެ އަހަރު: ޝަހީމް
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 11:37
މިދިޔަ ދެ އަހަރި ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު ދެ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާސްކުރި ޒަކާތުގެ ގާނޫނު އިއްޔެ ތަސްދީގު ކުރައްވައި އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާއިރު އެކަމާ ބެހޭ ގޮތުން "ޕީއެސްއެމް"އަށް ޝަހީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޒަކާތަށް ގާނޫނެއް ހަދައި، ލީގަލައިޒް ކުރެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދެ އަހަރު ކަމަށެވެ.