އެންމެ ގިނަ މީހުން އެއްފަހަރާ ފީނައިގެން ރާއްޖޭގައި ރެކޯޑެއް ހަދައިފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 1:11
އެއް ވަގުތެއްގައި އެއް ތަނެއްގައި 307 މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑެއް ރާއްޖޭގައި ހަދައިފި އެވެ.
ފްރީޑައިވް މޯލްޑިވްސް އާއި ސިޔާމް ވޯލްޑް ގުޅިގެން މިދިޔަ ހުކުރުދުވަހު ސިޔާމް ވޯލްޑްގައި ހެދި ރެކޯޑަކީ އެއް ވަގުތެއްގައި، އެއް ތަނެއްގައި އެންމެ ގިނަ މީހުން ފީނުމުގެ (ސްނޯކުލް ކުރުމުގެ) ރެކޯޑެވެ.
އެ ހަރަކާތުގެ ބައިވެރިންނަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ދޭ ރަން މެޑެލް ވަގުތުން ވަނީ ދީފަ އެވެ.