އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭނެ

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 1:20

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު "މިހާރު"އަށް މިއަދު ވިދާޅުވީ ޕާޓީއެއްގެ އާންމު މެމްބަރަކު އެ ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ނަމަ، އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅުމުން ވަގުތުން ޕާޓީން ވަކިކޮށްދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ އުސޫލަށް އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްދޭން އެދިއްޖެ ނަމަ، ވަކި މުއްދަތެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް