މީހެއްގެ ވައިބާ ކޮންޕްރޮމައިޒްކޮށް، ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 1:11
މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މިި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. މާލެހިޔާ 1-16-03 އަހުމަދު ހައްސާން އެވެ.
އުމުރުން 33 އަހަރުގެ ހައްސާން ހައްޔަރުކުރީ އޭނާއާ ގުޅޭ ގޮތުން މިދިޔަ ނޮވެމްބަރު 30 ގައި އެންޓި ސްކޭމް ސެންޓަރަށް ލިބުނު ރިޕޯޓާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.