އީރާނުގައި ކާރު ވިއްކުމުގެ ނަމުގައި ޕިރަމިޑް ސްކީމެއް ހިންގި މީހަކު ދަންޖައްސައިފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 2:29
އީރާނުގައި ކާރު ވިއްކުމުގެ ނަމުގައި އެތައް ހާސް ބައެއްގެ އަތުން ފައިސާ ނަގައި ޕިރަމިޑް ސްކީމެއް ހިންގުމުގައި އިސްކޮށް ހުރި މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް މިއަދު ތަންފީޒުކޮށްފި އެވެ.
ރެޒާޔަތު ޚުދްރޯ ތަރަވަތު ނޮވިން ކުންފުނީގެ ވެރިޔާ މުހައްމަދު ރޭޒާ ޣައްފާރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ ގައުމުގެ އިގްތިސާދަށް ގޮންޖެހުން ކުރިމަތިވާނެ އަމަލުތައް ހިންގި ކަމުގެ ކުށުގައި އިއްވި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުންނެވެ.
އީރާންގެ އުތުރުގެ ގަޒްވިން ޕްރޮވިންސްގައި 2013 ވަނަ އަހަރު މި ސްކީމް ފެށީ މާކެޓް ރޭޓަށް ވުރެ ހެޔޮ އަގުގައި ކާރު ވިއްކާ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ރިއަލް އެސްޓޭޓް އަދި އިންވެސްޓްމަންޓް ޕްލޭންތައް މީގެ ދަށުން ހިންގި އެވެ.