ރާއްޖޭގައި ކާރިސާތައް ރިޕޯޓްކުރުން 37 ޕަސެންޓް އިތުރުވެއްޖެ؛ އެންމެ ގިނައީ ފެންބޮޑުވުމުގެ ހާދިސާތައް!
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 3:27
މިދިޔަ އަހަރު އެކި ކާރިސާތަކުގައި ލިބުނު ގެއްލުމާ ގުޅިގެން އެހީގެ ގޮތުގައި 10 މިލިއަން ރުފިޔާ ދީފައިވޭ. އޭގެ ކުރީ އަހަރު، 2023 ގައި ހަ މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު ތިން މިލިއަން ރުފިޔާގެ އެހީ ދީފައިވޭ.
ރާއްޖޭގައި ކާރިސާތައް ރިޕޯޓްކުރާ އަދަދު 37 ޕަސެންޓް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭ އިން މިއަދު އާންމުކުރި ރާއްޖޭގެ މިދިޔަ އަހަރުގެ ކާރިސާތަކުގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުގައި، 2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ވަނީ އެކި ކާރިސާތައް ރިޕޯޓްކުރި އަދަދު 37 ޕަސެންޓް އިތުރުވެފަ އެވެ.