މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން އިތުރަށް އެސްޑީއެފަށް ޖަމާކޮށްފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 7:45
މިދިޔަ އަހަރާ އަޅާބަލާއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި އަދަދު، ބިލިއަނެއްހާ ރުފިޔާ އިތުރު ވެފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު"ގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު 27 އާ ހަމައަށް އެސްޑީއެފަށް ޖަމާކުރި ޖުމުލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި، ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފަށް ޖަމާކުރި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 ޕަސެންޓުގެ އިތުރުވުމެކެވެ.