ހަމަލާތައް ހުއްޓާލުމުގެ ދެ ވަނަ ފިޔަވަހި ވަރަށް އަވަހަށް ފަށާނަން: ނަތަންޔާހޫ
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 7:32
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި ވާއިރު އެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒްއާ އެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ނަތަންޔާހޫ ބުނީ ޣައްޒާގައި ހަމާސްގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތާ މެދު މަޝްވަރާކުރި ކަމަށާއި މިހާރު ވަނީ ފުރަތަމަ ފިޔަވަހި ނިމިފައި ކަމަށެވެ.
"ދެ ވަނަ ފިޔަވައްސަށް ވަރަށް އަވަހަށް ދެވޭނެ ކަމަށް މި އުންމީދުކުރަނީ. އެއީ މިއަށްވުރެ އުނދަގޫ ފިޔަވައްސަކަށް ވާނެ،"