މޯލްޑިވިއަނުން އިސްވެ ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަނީ

މިހާރު

7 ޑިސެމްބަރު 2025 | އާދިއްތަ | 8:13

ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި ލަންކާއަށް ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ.

"މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުން ރަމްޒުކޮށްދެނީ އެ އަޅާލުމާއި ޒިންމާދާރުކުރަން،" މޯލްޑިވިއަނުން ބުންޏެވެ.

މައުޟޫޢުތަށް