ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް އައްޑޫން ހިފަހައްޓާފައި ހުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 10:43
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އައްޑޫން ހިފަހައްޓާފައި ހުރި 1.8 މިލިއަން ސިނގިރޭޓު މިއަދު ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައިވާ 1.8 މިލިއަން ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް، ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުން އަތުލައިގެންފައިވާ ސިނގިރޭޓް ކަމަށް އެ ބަޔާނުގައި ބުންޏެވެ.