ޕެންޝަންގައި ހުރި ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަނީ

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 1:28

އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ހާލަތްތައް އިތުރުކުރަން ގާނޫނު އިސްލާހު ކުރެއްވުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، މީހަކު ވަނީ ގިނަ އަހަރުތަކެއް ވަޒީފާގައި އުޅުމަށްފަހު ޕެންޝަން ފަންޑަށް ޖަމާވެފައިވާ ފައިސާ، މަހުން މަހަށް ކުދި އަދަދުތަކުން ލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފަ އެވެ.

މިގޮތުން، އޭނާގެ އެދުމަކަށްވީ، އާމްދަނީ ހޯދުމަށްޓަކައި އަމިއްލަ މަސައްކަތަށް ފެށުމަށް، އެ ފައިސާ ބޭނުންކުރެވޭ މަގެއް ހޯދައިދިނުމަށެވެ.

މައުޟޫޢުތަށް