ވިއްކަން ކާތަކެތި ހަދަމުން ދިޔައީ ފާހާނާ ތެރޭގައި
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 9:49
އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އެ ތަކެތި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށްފަހު ބިދޭސީންތަކެއް އިއްޔެ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހާއްސަ ކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 18 ބިދޭސީން ރޭ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.