ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދޭން ފަށައިފި
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 9:00
ކެމްބޯޑިއާ ސިފައިންގެ ހަމަލާއެއްގައި ތައިލެންޑު ސިފައިންގެ މީހަކު މަރުވުމުން، ތައިލެންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާދޭން ފަށައިފި އެވެ.
ތައިލެންޑު ސިފައިންގެ މީހަކު މަރުވީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ އިމުގެ މައްސަލައިގައި، އެއް ގައުމުން އަނެއް ގައުމަށް ހަމަލާދޭ ކަމުގެ ތުހުމަތުތައް މި ފަހުން އަނެއްކާވެސް ބޮޑުވެފައި ވަނިކޮށެވެ.
ތައިލެންޑު ސިފައިންގެ ތަރުޖަމާނު ވިންތައި ސުވަރީ ވިދާޅުވީ ރޭ ފަތިހު ހަމަލާދޭން ފެށީ އުބޯން ރަޓްޗަތަނީ ޕްރޮވިންސްގައި ކެމްބޯޑިއާ ސިފައިން އިސްވެ ހަމަލާދީ ތައިލެންޑު ސިފައިންގެ މީހަކު މަރާލައި ސިފައިންގެ އިތުރު ހަތަރު މީހަކު ޒަހަމްކޮށްލުމުން ކަމަށެވެ.