ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާކަން ވެސް އަޅުގަނޑަށް އެނގެނީ ނޫހުން: ރައީސް

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 10:00

އެއްވެސް މީހަކު ސިޔާސީ ވެގެން ފިޔަވަޅެއް ނާޅުއްވާނެ ކަަމަށް ރައީސް ވިދާޅުވި.

މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ހުއްޓާލާފައިވާ ކަމަށާއި ބައެއް ބޭފުޅުން ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަން ވެސް އެނގިވަޑައިގަންނަވަނީ މީޑިއާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ޖުޑިޝަރީ އޮތީ ހަގީގީ މާނައިގައި މިނިވަންކޮށްފައި ކަަމަށެވެ.

މައުޟޫޢުތަށް