ތެލުވެލިގާ ރިސޯޓު ވިއްކާލަން ތިންވަނަ ފަހަރަށް ހުއްދަ ދީފި

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 12:15

ލޯނު ނުދެއްކިގެން އދ. ތެލުވެލިގާ ރިޓްރީޓް ރިސޯޓު ވިއްކާލަން ސިވިލް ކޯޓުން ތިންވަނަ ފަހަރަށް ބޭންކު އޮފް ސިލޯނަށް ހުއްދަ ދީފި އެވެ.

ލޯނެއް ނުދެއްކިގެން ތެލުވެލިގާ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ފުރަތަމަ ދިނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ފަހަރު ހުއްދަ ދިނީ ބީލަން ފެށޭ އަގެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ކަނޑައެޅުމަށް ފަހު، އެ ރިސޯޓް ވިއްކާލުމަށެވެ. ނަމަވެސް އެ އަގަށް އެ ރިސޯޓު ވިއްކައެއް ނުލެވުނެވެ.

އެހެންވެ، އަނެއްކާވެސް 21 މިލިއަން ޑޮލަރަށް އެ ރިސޯޓު ވިއްކާލަން އެއް މަސް ދުވަހުގެ މުއްދަތެއް ބޭންކް އޮފް ސިލޯނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން ދިނެވެ. ނަމަވެސް، ސިވިލް ކޯޓުގެ އެ ނިންމުން ދައުވާ ލިބޭ ފަރާތްތަކުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެއާ އެކު، ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުން ހައި ކޯޓުން މި އަހަރުގެ ޖެނުއަރީ މަހު މަޑުޖެއްސުވި އެވެ.

މައުޟޫޢުތަށް