ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޓްރޫޑޯ އާއި ކެޓީ ޕެރީ ހިތާވެގެން އުޅޭކަން ރަސްމީކޮށް "އިއުލާނުކޮށްފި"
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 12:33
ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ހިތާވެގެން އުޅޭކަން ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
އެ ގުޅުން ރަސްމީކޮށް އިއުލާންކުރީ ޓްރޫޑޯ، 53، އާއި ޕެރީ، 41، އެކުގައި ޖަޕާނަށް ކުރި ދަތުރުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް، ޕެރީގެ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. ޕެރީ އެ ޕޯސްޓުކުރީ އެ މީހުން ހިތާވެގެން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރުނުތާ އެތައް މަހެއް ފަހުންނެވެ.
"ޓޯކިޔޯ ޓައިމްސް އޮން ޓުއާ އެންޑް މޯ،" އެ ޕޯސްޓުގެ ކެޕްޝަންގައި ޕެރީ ލިޔެފައިވެ އެވެ.