ނޭމާ ސަންޓޯސް ރެލިގޭޝަނުން ސަލާމަތްކޮށްފި، ދެން އޮތީ ކަކުލުގެ އޮޕަރޭޝަން!
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 12:33
ނޭމާގެ ހިއްސާއާ އެކު ބްރެޒިލްގެ ތާރީހީ ކްލަބް ސަންޓޯސް ރެލިގޭޝަނުން ސަލާމަތްވެއްޖެ އެވެ.
ކްރެޒޭރޯއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗު 3-0 ން ކާމިޔާބުކޮށް ސަންޓޯސް ވަނީ 20 ޓީމު ވާދަކުރާ ލީގުގެ 12 ވަނަ ހޯދައިފަ އެވެ.
ނާމޭ ކުޅުން ފެށީ ސަންޓޯސްއިންނެވެ. އަލުން އެ ކްލަބާ އޭނާ ގުޅުނީ ޖެނުއަރީ މަހު އެވެ.