ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާގެ "ޖީ ލޭ ޒަރާ"ގެ މަސައްކަތް އަލުން ފަށައިފި

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 12:29

މީގެ ފަސް އަހަރު ކުރިން އިއުލާންކުރި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތްތައް ހުއްޓާލުމަށް ފަހު އަލުން ފަށައިފި އެވެ.

ލީޑް ރޯލުތަކުން ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ފެންނާނެ "ޖީ ލޭ ޒަރާ"ގެ މަސައްކަތްތައް ހުއްޓާލީ ޕްރިޔަންކާ އާއި ކެޓްރީނާއަށް ވަގުތު ނުވެގެން 2023 ވަނަ އަހަރު ދެތަރިން އެ ފިލްމު ދޫކޮށްލުމުންނެވެ. އަދި އެ ފިލްމުގެ ލީޑަށް ނަގާނެ ފިރިހެން ތަރިންނާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ވެސް މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.

"ޖީ ލޭ ޒަރާ"ގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ފަރުހާން އަކްތަރު ވަނީ އެ ފިލްމުގެ މަސައްކަތް އަލުން ފެށިކަން މި ހަފުތާގައި އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

މައުޟޫޢުތަށް