އައްޑޫ ކެތުލެބަށް ފައިނަލް ޕްރޮޕޯޒަލެއް ނުލިބުނު، އެހެން މޮޑެލްއަކަށް ހިންގަން ވިސްނަނީ

މިހާރު

8 ޑިސެމްބަރު 2025 | ހޯމަ | 3:03

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތުލެބު ހިންގާނެ ބަޔަކު ހޯދަން ހުޅުވާލުމުން ކުރިމަތިވި ފަރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައަޅައި ފައިނަލް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި ޕްރޮޕޯޒަލް ނުލިބުނު ކަމަށާއި އެހެންވެ އެހެން މޮޑެލްއަކަށް ތަން ހިންގަން މަޝްވަރާކުރަމުން އަންނަ ކަމަށް ސީއީއޯ އިބްރާހިމް ޔާސިރު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޓަޕް ހެދިތާ ދޮޅު އަހަރު ފަހުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތުލެބު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ ޖޫން މަހު އެވެ. އެ މުއްދަތު، އެ މަހުގެ 29 އަށް ހަމަވިއިރު، ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލި އެވެ.

އެ ހޮސްޕިޓަލުން އޭރު ބުނީ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު ހިދުމަތް ފެށޭވަރުވާނެ ކަމަށެވެ.

މައުޟޫޢުތަށް